Dhivehi

އަޅުގަނޑު ގެ ފުރަތަމަ އަތުލިޔުން



މި ފިލާވަޅު ހަދާފައި ވަނީ އީނާލް އެންމެ ފުރަތަމަ ސުކޫލަށް އައި ދުވަހުގައެވެ. މި ފިލާވަޅުން ދޭހަވަނީ އެންމެ ފުރަތަމަ ދުވަހުގެ ދިވެހި ލިޔުމެވެ. އަދި މިފިލާވަޅުގެ ދެވަނަ ބައިން އެފެންނަނީ އެންމެ ފަހުދުވަހުގައި ލިޔާނެތަނެވެ. މި ފިލާވަޅުން ކުއްޖާގެ އަތުލިޔުުމުގެ އެންމެ ފުރަތަމަ ދުވަހާއި އެންމެ ފަހުދުވަހުގެ ތަފާތު އެގިގެންދާނެއެވެ.




ވާހަކަ ކިޔާލުން


ވާހަކަ ކިޔާލިއިރު ވަރަށް ފަރިތަކަމާއިއެކު ކިޔާލިކަން ފާހަގަކޮއްލަމެވެ. މާށަ ﷲ.. 


އަކުރު ލިޔުން


އީނާލް "ތ، ލ" މި ދެ އަކުރު ލިޔެ ލާފައިވަނީ ވަނީ ރީތިކޮންނެވެ. އަދި މިދެއަކުރުގައި ކުލަޖައްސާލަފައި ހުރީވެސް ވަރަށް ރީތިކޮށް އެކި ކުލަ ބޭނުން ކޮށްގެންނެވެ.

ދަތުރުފަތުރުކުރުން


މިފިލާވަޅު ހަދާފައި ވަނީ ދަރުފަތުރުކުރުން ކިޔާލަދިން ހަފްތާގައެވެ. އީނާލް އެންމެ ދަތުރުކުރާހިތްވަނީ މަތިންދާބޯޓުގައި ކަމަށް އީނާލް 
ބުންޏެވެ. އަަދި މަތިންދާބޯޓު ކުރަހާލާފައި ވަރަށް ރީތިކޮށް ކުލަޖައްސާލިއެވެ. އަދި ތަސްވީރުން ނަންފެށޭ އެއްޗެހީގެ ނަން އީނާލް އަމިއްލަޔަށް ލިޔުނެވެ.


ޢީދު ދުވަސް



މި ފިލާވަޅު ހަދާފައި ވަނީ ޢީދު ވަސް ކިޔާވަހަކައެއް ކިޔާލަދިނުމަށްފަހުއެވެ. އަދި މި ވާހަކަޔާއި ގުޅޭގޮތަށް ތަސްވީރުގައި ކުލަޖައްސާލާފައި ކަފާލާފައި އީނާލް ވަނީ ވަރަށް ރީތިކޮށްތަތްކޮއްލާފައެވެ.


ހެދުން




މި ފިލާވަޅުގައި އީނާލް ވަނީ ދިވެހިން ހިސާބުގެ އަދަދު ގުނާލާފައި ތަސްވީރާއި އެއްގޮތަށް ޖުމްލަ ހަދާލާފައެވެ. އަދި ވަރަށް ރީތިކޮށް ކުލަޖައްސާލާފައެވެ. މި ފިލާވަޅުހެދުމުގައި އީނާލްއަށް އާންޓީގެ އެހީތެރިކަން ބޭނުންވިއެވެ. ހަދާފައިވާ ފިލާވަޅު ވަރަށް ރީއްޗެވެ. މާށަ ﷲ..

No comments:

Post a Comment